ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ފަށަނީ
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވާދެއްވާފައި ވަނީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޒަންގް ލިޒޮންގް އެވެ. މި ރަސްމިއްޔާތުގައި އެބޭފުޅާގެ އަރިހުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ދެތަނުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި އިމާރާތުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
އޭގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ވަނީ އެދިފައެވެ.
މި މަސައްކަތް ނިމުމުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ދިވެހިންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް