ނޭޝަނަލް ރިފޯމް ޕާޓީ އުފައްދަން ހުށަހަޅައިފި
އަނެއްކާވެސް އިތުރު ސިޔާސި ޕާޓީއެއް އުފެއްދުމަށް ހުށަހަޅައިފި ކަމަށް އެެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.
އިލެކްޝަން ކޮމިޝަނުގެ ނައިބް ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ ނޭޝަނަލް ރިފޯމް ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު އެދިފައި ވަނީ ސ.ފޭދޫ އިނގުރުމާގޭ މުހައްމަދު ދީދީއެވެ. ޑީޑީ އަކީ މިދިޔަ ރިޔާސި އިންތިޙާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓް، ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު އާއި އެކު ކެމްޕެއިނުގައި އުޅުއްވި ބޭފުޅެކެވެ.
މިދިޔަ ހަފްތާގައިވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދީފައެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ހައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ) އެވެ.
އެމްޓީޑީ އިން މިހާރުވަނީ ޕާޓީއަށް 3000 މީހުން ހަމަކޮށް، ޕާޓީގެ ޖަލްސާ ބާއްވާފައެވެ. ޕީއެންސީ އުފެއްދުމަށް ހުއްދަ ދިންތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި 3000 މެމްބަރުން ހަމަވެއްޖެކަމަށްވެސް ވަނީ އަޑުފެތުރިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް