ނޭވާހުއްޓުނު ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްކޮށްދިނީ ސިފައިންގެ އޮފިސަރެއްް!
މާާލޭގައި ނޭވާހުއްޓުނު ކުޑަކުއްޖެއްގެ ފުރާނަ އެމްއެންޑީއެފްގެ އޮފިސަރެއްގެ މަސައްކަތާއި އެކު ސަލާމަތްވެއްޖެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އިއްޔެ ހެނދުނު 10:30 ހާއިރު، ހ.ފެންނާގެ 6 ވަނަ ފަންގިފިލާގައި އޮތް ތުއްތު ކުއްޖެއްގެ ނޭވާ ހުއްޓުމުން އެމްއެންޑީއެފްގެ އޮފިސަރަކު ވަނީ އެ ކުއްޖާ އަތްދަނޑިމަތީގައި ބާއްވައިގެން ސެނެހިޔަ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އުމުރުން ފަނަރަ އަހަރުގެ މި ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގައި މަސައްކަތް ކުރާ ޕްރައިވެޓް އިބްރާހީމް ސިނާންއެވެ.
މި ހާދިސާ ހިނގިއިރު އެގޭގެ ލިފްޓްހުރީ ހުއްޓިފައެވެ. އެހެންކަމުން ތުއްތު ކުއްޖާ ގެންގޮސްފައިވަނީ އަތްދަނޑިމައްޗަށް ލައިގެން 6 ވަނަ ފަންގިފިލާއިން ސިޑިންެނެވެ.
މި ތުއްތު ކުއްޖާ ސެނަހިޔައަށް ގެންދިއުމުން އެތަނުން ފަރުވާ ދީފައިވަނީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ ފަސްޓްލެފްޓިނެންޓް ޑރ.ޝިފްލާ ޢަބްދުލްލަތީފެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް