ވޯޓުލުން ކުރިއަށްދާ ވަގުތުތަކުގައި މާލޭގައި ބޮޑެތި އުޅަނދުތައް ދުއްވުން މަނާ!
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ކުރިއަށްދާ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވަނީ ހަތަރު ވައްތަރެއްގެ އުޅަނދެއް އެ ވަގުތުތަކުގައި ދުއްވުން މަނާކޮށްފައެވެ. އެއީ:
1) C2 އަދި CO ކެޓަގަރީގެ އުޅަނދުތައް
2) D ކެޓަގަރީގެ އުޅަނދުތައް
3) E ކެޓަގަރީގެ އުޅަނދުތައް
4) V ކެޓަގަރީގެ އުޅަނދުތައް
އެ ވުޒާރާއިން ބުނީ މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.
މަޖިލިސް އިންތިހާބުގެ ވޯޓުލުން މާދާމާ ހެނދުނު 8:00 ޖަހާއިރު ފެށިގެން ދާއިރު، ވޯޓުލުމަށް ލިބޭ ވަގުތު އިލެކްޝަން ކޮމިޝަން (އީސީ) އިން އިތުރުކުރުމާއި ގުޅިގެން، ވޯޓުލުން ނިމޭނީ މާދަމާ ހަވީރު 5:30 ގައިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް