ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ މިއަދު ހެނދުނު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
މި ބައްދަލުވުމުގެ ތަފްސީލު މަޖިލީހުގެ ފަރާތުން ހާމަކޮށްފައެއް ނުވެެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ޖޭއެސްސީއާއި ސުޕްރީމް ކޯޓާއި ދެމެދު ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް