މާދަމާ މެންދަމުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން މަނާ
މިހިނގާ މެއިމަހުގެ 31ވަނަ ދުވަހުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން މަނާކުރުމަށް ނިންމައިފިއެވެ.
މީގެ ކުރިންވެސް އާންމުކޮށް އެންގިފައިވާ މި އުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައިވަނީ ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާއި ބެހޭ ގަވާއިދުގެ ދަށުންނެވެ.
މި ގަވާއިދުގައި ބުނެފައިވާ ގޮތުގައި ވަކިވަކިން ސިނގިރޭޓާއި ބިިޑި ވިއްކުމަކީ މަނާކަމެކެވެ.
އެގޮތުން ސިނގިރޭޓު ފޮއްޓެއްގައި މަދުވެގެން ވިހި ސިނގިރޭޓު ހުންނަންޖެހޭ އިރު، ބިޑި ބޮނޑިއެއްގައި ފަންސާސް ބިޑި ހުންނަން ވާނެއެވެ.
މި ގަވާއިދުގެ ދަށުން ދުންފަތް ފޮށިތަކުގެ ބޭރުގައި ހުންނަ އިންޒާރުގެ މެެެސެޖް ވަރުގަދަ ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް