ބައެއް ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ފޮށިތައް ބަހައްޓާނެ ކަމަށް މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ބައެއް ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން އެ ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް އިން ވޯޓު ފޮށި ނުބެހެއްޓުމަށް ނިންމާފައިވާ 4 ގައުމަކީ، އިންޑިޔާ، ސިންގަޕޫރު، ބަންގްލަދޭޝް އަދި ތައިލޭންޑެވެ.
އިލެކްޝަންސް އިން ބުނިގޮތުގައި އެ ގައުމުތަކުގައި ވޯޓު ފޮށިތައް ނުބަހައްޓަން ނިންމީ ކޮމިޝަނުން ކަނޑައަޅާފައިވާ އަދަދަށް އެ ހަތަރު ފޮށްޓަށް ވޯޓު ލުމަށް ރަޖިސްޓްރީ ކޮށްފައި ނުވާތީ އެވެ.
ބައެއް ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމިއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ހަތް ރިސޯޓެއްގައި ވެސް ވޯޓު ފޮށި ނުބަހައްޓަން ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގުލިބޭ މީހުންގެ އަދަދަކީ 264،589 އެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 390 އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް