ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލައްވައި މާލެ ވަޑައިގެންފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ފުރާވަޑައިގަތީ 21 މާރޗް ވީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ރޭ މާލެ ވަޑައިގަންނަވާފައިވާއިރު، އެމަނިކުފާނު މި ރަމަޟާންމަހު ފެއްޓެވި މަޖްލިސް އިންތިޚާބުގެ ކެމްޕޭން ޙަރަކާތްތައް މިއަދުން ފެށިގެން އަނެއްކާވެސް ކުރިއަށް ދާން ނިންމާފައިވާ ކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ.
އެގޮތުން މިއަދު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ ގާތަށް ކަމަށްވެސް ބުނެފައިވެއެވެ.
ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ، މާފަންނު ހުޅަނގު، ގަލޮޅު ދެކުނު އަދި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އެކު ދޮރުން ދޮރަށް ކެންޕެއިން ކުރައްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް