N/A
N/A
ހަބަރު 31 Dec 2019 | 08:22

އައިއޭސީ: ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ބުރަ މަސައްކަތްކުރާ ފަހުލަވާނުން!

ބިކަ ހާލުގައި ޖެހިފައިވާ މިހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބަދުވެސް އުޅެމުންދެއެވެ. ޚާއްސަކޮށް މިދުވަސްވަރަކީ ޤުދުރަތީ ކާރިޘާތަކާއި ހަނގުރާމައިގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ނިކަމެތިކަންލިބި އުންމަތުގެ ވަރަށް ގިނަ އަޚުންނާއި އުޚްތުންނެއް އެތަކެއް ވޭންތަކެއް ތަޙައްމަލުކުރަމުން އަންނަ ދަނޑިވަޅެކެވެ.

މިގޮތުން އެތައް މިލިއަން މީހުނެއްވަނީ ގެދޮރު ދޫކޮށް އެކި ޤައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކުރުމަށް މަޖުބޫރުވެފައެވެ. ބައެއް މީހުންވަނީ ބޯހިޔާވަހިވެވޭނެ ގޮތެއްނެތި މަގުމަތިވެފައެވެ. އަނެއްބައި މީހުން ކާނެ އަދި ބޯނެ އެއްޗެއް ނެތި ބަނޑުހައިހޫނުކަން މަތީ މަރުވެގެންދަނީއެވެ. ގަދަ ފިންޏާއި ހޫނުގެ ސަބަބުން އެތަކެއް ބަޔަކުވަނީ ދުނިޔެދޫކޮށް ގޮސްފައެވެ. އުނުއޮރިޔާން ނިވާކޮށްލާނެ އެއްޗެއް ނެތި ބިކަވެފައިވާ އެތައް ބަޔަކު އެބަތިއްބެވެ. ޒަޚަމްވެ ނުކުޅެދުންތެރި ހާލުގައި ތިބީ ކިތައް މީހުންތޯއެވެ. އެތަކެއް އުޚްތުން ހުވަފަތްވެ އުންމަތުގެ ދަރީންތަކެއްވަނީ ޔަތީމު ޙާލުގައެވެ.

އަޅާލާނެ އެއްވެސް މީހަކު ނެތި އެކަނިވެރިހާލުގައި އުޅެމުންދަނީ މިފަދަ ކިތައް ދަރީންތޯއެވެ. އެބައެއްގެ ހާލުފެނި ލޮލުން ކަރުނަ ނުހިލޭ މީހަކު ނުހުންނާނޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. ހަމައެހެންމެ މިގޮތަށް ނިކަމެތި ޙާލުގައި އުޅެމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވާކަމީ އަހަރެމެންގެ ތެރެއިން ހަމަ އެކަކަށްވެސް އިންކާރުކުރެވެން އޮތް ކަމެއްނޫނެވެ.

މިފަދަ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބޭނުންވެއެވެ. އެކަމަކީ މުދަލުގައި ބަރަކާތްލައްވާނެ ކަމައްކަން ދެނިތިބެ އެކަމަށް ތައްޔާރަށް ތިބި އެތައް ބަޔަކުވެސް އަހަރެމެންގެ ތެރޭގައި އެބަތިއްބެވެ.

ހެޔޮނިޔަތުގައި ﷲ ގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދި މިފަދަ ކަންތައްތައް ކުރަމުން ގެންދާ އެތައް ބަޔަކަ އުޅުނު ކަމުގައިވީނަމަވެސް ހިތާމައަކީ މި ކަންކަމުގެ ނާޖާއިޒު ފައިދާތަކެއް ހާޞިލްކުރުމަށް މަސައްކަތްކުރަމުން އަންނަ ފަރާތްތަކެއްވެސް އުޅެމުންދިއުމެވެ. ހީލަތްތެރި ރޭވުންތަކާއެކު މީސްތަކުންނަށް އޮޅުވާލައިގެން ނުހައްޤުން ފައިސާ ހޯދަމުން އަންނަ ބަޔަކުވެސް މުޖުތަމަޢުގައި މަސައްކަތްކުރަމުންދިއުމެވެ. މީހުން ރެއާދުވާލު ބުރަ މަސައްކަތުން ހޯދާ ފައިސާ ހަރާން ގޮތުގައި ކެއުމަށް އެއްވެސް ޖެހިލުމެއް ބިރެއްނެތި ބަޔަކު ހަރަކާތްތެރިވަމުންދިއުމެވެ. ސޯޝަލް މީޑިއާގެ އެހީގައި އަދި ތަފާތު އެކި ގޮތްގޮތަށް މީހުންގެ އަތުން މިފަދައިން ފައިސާ ފޭރެމުންދާކަމީ މުޖުތަމައު މިކަމަށް ހެކިދޭނެ ކަމެކެވެ.

ނުހައްޤުން މީހުންގެ މުދާ ކެއުމުގެ ނުބައިކަމާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ﷲ ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި އޭގެތެރެއިން ގިނަމީހުން ފާފަވެރިވުމާއި، ދެކޮޅުވެރިވުމާއި، حرام މުދާ ކެއުމަށް އަވަސްވެގަންނަތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ކޮށްއުޅުނު عمل ތަކުގެ ނުބައިކަމާއެވެ!" ( سورة المائدة 62 )

އެހެންކަމުން މިފަދަ މީހުން ދެނެގަނެ އަހަރެމެން ކުރާ ޞަދަޤާތަކީ ހަޤީގަތުގައިވެސް ހާލުގައިޖެހިފައިވާ މީހުންނަށް ފޯރުކޮށްދެވޭ އެހީތެރިކަމެއްކަން ޔަޤީންކުރުމަކީ އަހަރެމެންގެ ޒިންމާއެކެވެ. މިގޮތުން އަހަރެމެންގެ އުންމަތް ލެއިން ކަރުނައަޅައަޅާ އޮތް މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ނިކުން އެންމެ ބޮޑު ހަރަކާތަކަށްވާނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނެވެ. އެތައް ބައެއްގެ އިތުބާރު ލިބިފައިވާ މިހަރަކާތުގެ ފަރާތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އިތުބާރާ ޔަޤީންކަމާއެކު ވަނީ ވަރަށް ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. މިގޮތުން އެންމެ ފަހުން މި ހަރަކާތުން ނިންމާލި އެންމު ބޮޑު މަސައްކަތަކީ ސީރިޔާގައި ހާލުގައި ޖެހިފައިތިބި އަހަރެމެންގެ އަޚުންނާއި އުޚްތުންނަށް ހިންގި "މަސްދަޅު ހަދިޔާ" ގެ ޕްރޮޖެކްޓެވެ. އަދި މީގެ އިތުރުން މި ހަރަކާތުގެ ދަށުން ފިނިމޫސުމާދިމާކޮށް " ސާވައިވިން ވިންޓާ" ގެ ނަމުގައި ދުނިޔޭގެ ހަތަރު ޤައުމަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓެއް އަންނަނީ ހިންގަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ފަލަސްތީން، ޔަމަން، ސީރިއާ، ބަންގްލަދޭޝް އަދި ރޮހިންޏާއެވެ. މި ކެމްޕެއިންގެ ދަށުން ކާބޯތަކެތި، ފޭރާން، ބޯހިޔާވަހިކަން އަދި ގަދަފިނިން ސަލާމަތްވުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

"اللَّه ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ مثال އީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ مثال އެވެ. اللَّه އިރާދަކުރައްވާ މީހަކަށް (ثواب) ގިނަގުނަ ކުރައްވައެވެ. އަދި، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ" (سورة البقرة 162 )

މި ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 15 ޖަނަވަރީ 2020 ހަމައަށްވަނީ ހުޅުވާލެވިފައެވެ.އައިއޭސީގެ ޕްރޮޖެކްޓްތަކުގެ ދަށުން މިގޮތަށް ނެގޭ ފައިސާ ޚަރަދުކުރާގޮތުގެ އަޕްޑޭޓްތައް އައިއޭސީގެ ފޭސްބުކް ޕޭޖް އަދި ވައިބާ ގްރޫޕުގެ އެހީގައި ފޮޓޯ، ވީޑިއޯ އަދި ލިޔުމުގެ ޒަރީއާއިން އާމުންނަނަށް އަންނަނީ ކެނޑިނޭޅި ހިއްސާކުރަމުންނެވެ. މި ދަނޑިވަޅުގައި، އަޅުގަނޑުގެވެސް އެންމެ ބޮޑު އެދުމަކީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގައި ސަމާލުވެލެއްވުމެވެ. މަކަރާއި ހީލަތްތެރި ރޭވުންތެރިކަމުގެ މަޅީގައި ނުޖެހި އިތުބާރުހިފޭ ފަރާތްތައް ދެނެގަނެ މީސްތަކުންނަށް ކުރެވޭ ޞަދަޤާތަކީ އޭގެ ހައްޤުވެރިންނަށް ރައްދުވާ އެއްޗެއްތޯ ބައްލަވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...