ވެރިކަމާއި ހަވާލުވީއްސުރެ އިންޑިޔާއާއި ގުުޅުން ބަދަހިކުރުމަށް މަސައްކަތްކުރަން: ރައީސް ސޯލިހު
ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ދުވަހުން ފެށިގެން އިންޑިޔާއާއި ގުުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެކު ބޭއްވި ޖޮއިންޓް ޕްރެސްއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި މޯދީ ހޯއްދެވި ކާމިޔާބީއަށްފަހު ދަތުރުކުރައްވާ ފުރަތަމަ ގައުމަކަށް ރާއްޖެވުމަކީ ލިބޭ ފަޚުރެއްކަމަށާއި، މިސަރުކާރުގެ ތަސައްވުރުތައް ފުރިހަމަކޮށްދިނުމަށް އިންޑިޔާއިން ވެދެމުންދާ އެހީތަކަށް ޝުކުުރުދަންނަވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ވެރިކަމާއި ހަވާލުވި ދުވަހުން ފައްޓައިގެން މަސައްކަތް މިކުރަނީ އިންޑިޔާއާއި އެކު އޮތް ގުޅުން ބަދަހިކުރުމަށް ކަމަށެވެ.
އަދި ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް އާ ދިރުމެއް ލިބިފައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް