އާސަންދަ ސްކީމުން ބޭހެއް އުނިނުކުރަން؛ ކަވަރުކުރާ ބޭހަކަށް ފައިސާ ދައްކަން ބުނެފިނަމަ ޝަކުވާ ހުށަހަޅާ: އާސަންދަ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އާސަންދަ ސްކީމުން އެއްވެސް ބޭހެއް އުނިނުކުރާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި އާސަންދައިން ބުނީ ކުރިއެެކޭ އެއްގޮތަށް މިހާރުވެސް ސްކީމްގެ ތެރެއިން ލިބޭ ބޭސްތައް ލިބޭނެ ކަމަށެވެ.
އަދި ސްކީމުން ކަވަރު ކުރާ ބޭސްތަކާއި، ކަވަރު ކުރާ މިންވަރު އާސަންދަ ވެބްސައިޓްގެ ޑައުންލޯޑްސް ސެކްޝަންގައި ހިމެނޭ "މާސްޓާރ މެޑިސިން އެންޑް ކޮންސިއުމަބްލްސް ލިސްޓް" ފެންނަން ހުންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން، އާސަަންދައިން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އާސަންދަ މެދުވެރިކޮށް ނުލިބޭ ބޭހެއްނަމަ އެ ބޭހެއް އާސަންދައިން ނުލިބޭކަން ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށާ އާސަންދަ ސްކީމުން ކަވަރުކުރާ ބޭހަކަށް އަގު ނަގާނަމަ އެކަން އާސަންދައިގެ ޝިކާޔަތު ޗެޓްލައިން މެދުވެރިކޮށް އަންގައިދިނުމަށް އެދިފައިވެ އެވެ.
އެއީ ވައިބާ އަދި ވަޓްސްއަޕްގައި 7951400 ނަންބަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް