މާާލެއަށް އަންނަންނުޖެހޭ ވަރަށް އަތޮޅުތެރެ ތަރައްގީކުރާނަން: ފައްޔާޒް
މާލެއަށް އަންނަަން ނުޖެހޭ ވަރަށް އަތޮޅުތެރޭގެ ބައެއް ސަރަހައްދުތައް މިސަރުކާރުން ތަރައްގީކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ ރޭ އެމްޑީޕީން ބޭއްވި އެޖެންޑާ19 ގެ ބޯހިޔާވަހިކަމުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ރާއްޖޭގެ ބޮޑެތި އަތޮޅުތައް ކަމަށްވާ، އައްޑޫ ސިޓީ އާއި ހއ އަތޮޅާއި ހދ ފަދަ އަތޮޅުތަކުގައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ދިނުމަށް ގާއިމު ކުރަންޖެހޭ ސެންޓަރުތައް ގާއިމުކޮށް، މާލެއަކީ އަންނަންނުޖެހޭ ތަނެއްކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ފެންވަރަށް ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.
އަދި މި ދައުރުގެ ތެރޭގައި އެބަދަލުތައް ފެންނާނެކަމަށް މިނިސްޓަރ ފައްޔާޒް ފާހަގަކުރެއްވިއެވެ.
ރޭގެ ޕެނަލް ޑިސްކަޝަންގައި އިތުރަށް ވާހަކަފުޅު ދައްކަަވަމުން ފައްޔާޒް ވިދާޅުވީ ގުޅިފަޅާއި މާލެ ގުޅުވާލުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުންދާކަމަށެވެ. އެއީ ގުޅިފަޅުން ފްލެޓާއި ގޯތި ބޭޏުންވާ މީހުންވެސް ތިބުމުންކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް