ިމިސަރުކާރުގެ އެއްވެސް ނަތީޖާއެއް ނުފެނޭ: ފުއާދު ތައުފީގް
މިސަރުކާރުގެ އެއްވެސް ނަތީޖާއެއް މިހާތަނަށް ނުފެންނަކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ މެންބަރު ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
ފުއާދު މިހެން ވިދާޅުވީ ޓްވިޓަރ މެދުވެރިކޮށެވެ.
އެބޭފުޅާ ވިދާޅުވީ ސަރުކާރަށް ހަތްމަސް ވެެގެންދާއިރުވެސް އަދި ހަމައެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށެވެ. އަދި ރައްޔިތުން މިތިބީ އެމްޑީީޕީގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސްކަމަށް ހޮވައި، އެމްޑީޕީއަށް މަޖިލީހުގެ 65 ގޮނޑި ނުވަތަ ސުޕަރ މެޖޯރިޓީ ދީގެން ކަމަށެވެ.
އެހެންކަމުން އެއްވެސް ކަމެއް ނުވެގެން ދެއްކޭނެ ބަހަނާއެއް ނުވާނެކަމަށް ފުއާދު ތައުފީގު ވިދާޅުވިއެވެ.
އަދި މި ދައުރުގައި ނުވިކަމެއް ފަހަކުން ނުވާނެކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް