އީ-ސިނގިރޭޓް މަނާކުރުމާއި މެދު މިދަނީ ވިސްނަމުން: ހެލްތު މިނިސްޓަރ
ދިވެހިރާއްޖޭގައި އީ-ސިނގިރޭޓު ބޭނުންކުރުމާއި ވިއްކުން މަނާކުރުމަށް ވިސްނަމުންދާކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހާމަކުރައްވައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އީ-ސިނގިރޭޓު މަނާކުރުމަށް ނުވަތަ ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
އެކަމަށްޓަކައި މިނިސްޓްރީގެ ފަރާތުން ދިރާސާތަކެއް ކުރެވެމުންދާކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އެ ދިރާސާތަކުގެ ނަތީޖާ މަހެއްހާ ދުވަހުގެ ތެރޭގައި ފެނުމުން ޕޮލިސީ ލެވަލްގައި އެކަމާއިމެދު ގޮތެއް ނިންމާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މިވަގުތު އީ ސިނގިރޭޓުގެ ވިޔަފާރި ކުރެވެމުންދަނީ ގަވާއިދެއްގެ ދަށުންނެއް ނޫނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި އީ-ސިނގިރޭޓަކީ ސިއްހަތަށް ނުރައްކާތެރި އެއްޗެއްކަމަށްބުނެ، އެ ބޭނުންކުރުމާއި ވިޔަފާރިކުރުންދަނީ ހުއްޓުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް