ފަރުކޮޅުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލެ ފޭސް ދޭއް ސަރަހައްދުގެ ގޮތުގައި މިހާރު ކަނޑައެޅިފައިވާ އަދި ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުގައި ހުކުރުން ފޭބި ވަގުތު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވާކަމަށް މައުލޫމާތު ލިބިފައިވަނީ ފަރުކޮޅުގައި ކުރިން ބޭނުންކުރަމުން އައި ރޫމްތަކުގެ ގޮތުގައި ބޭނުންކުރަމުންއައި ތަނުގައެވެ. މިހާރު އެތަން ބާވެ ބޭނުންނުކުރެވޭ ހާލަތުގައި ހުރިއިރު، އެތަނުގެ ތެރޭގައި ގިނަ އަދަދަކަށް ކުނިއަޅާފައިހުރިކަން ފާހަގަކޮށްލެވެއެވެ.
އެތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރީ އެމްއެންޑީއެމްގެ ފަޔަރ ފައިޓަރުން ގޮހެވެ.
ފަރުކޮޅުގައި އަލިފާން ރޯވީ ކީއްވެގެންކަމެއް އަދި ނޭނގެއެވެ. މިހާރުވެސް އެސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އިތުރު ތަފްސީލް އަންނަނީ..
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް