ގިނައިރު ކިޔޫގައި ތިބެން ޖެހުމުގެ މައްސަލަ މިފަހަރު ދިމާ ނުވާނެ: އިލެކްޝަންސް
ހޮނިހިރު ދުވަހަށް ތާވަލް ކޮށްފައިވާ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ލުމަށް ގޮސް ކިޔޫގައި ގިނައިރު ތިބެން ނުޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ވޯޓުލާން ގޮސް ގިނައިރު ކިއުގައި މަޑުކުރަން ޖެހުމުގެ މައްސަލައަކީ މީގެ ކުރިން ރާއްޖޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައިހެން ދިމާވާ މައްސަލައެކެވެ. އެހެން ނަމަވެސް އިލެކްޝަންސް އިން ބުނެފައި ކިޔޫގައި ގިނައިރު ތިބެން ނުޖެހޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރު އަކްރަމް ވިދާޅުވެފައިވާ ގޮތުގައި ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދު ކުރުމަށް އެއް ފޮއްޓަކަށް އެންމެ ގިނަ އިން ވޯޓު ލާ އަދަދަކީ 1،000 މީހުން ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ ކުރިން އިންތިހާބުތަކުގައި ނެޓްވޯކް މައްސަލަތައް ދިމާވެގެން ވޯޓާސް ލިސްޓު ޗެކް ކުރުމަށް ވެސް ގިނަ އިރުތަކެއް ހޭދަވެއެވެ.
އެހެން ނަމަވެސް މިފަހަރު އިލެކްޝަންސް އިން ވަނީ އެ މައްސަލަ ހައްލުކުރުމަށް އޮފްލައިންކޮށް ވެސް ލިސްޓް ބެލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް