އައިއެސްއާއި ގުޅުންހުރި ފޮތް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި
ސްރީލަންކާގައި ދިވެހިން އުޅޭ ގެއެއްގެ ތެރެއިން ކިޔަވާ ކުއްޖަކު ގެންގުޅުނު އައިއެސް ޖަމާއަތުގެ މައުލޫމާތު ހިމެނޭ ފޮތުގެ މައްސަލައިގައި އެގެއިން ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފިއެވެ.
އެ ދެ ފަރާާތް ދޫކޮށްލާފައިވަނީ އެއްވެސް ޝަރުތެއް ނެތިކަން ފާހަގަކޮށްލެވެއެވެ. މި ދެ ފަރާތް ދޫކޮށްލުމަށް ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި ފޮރިން މިނިސްޓްރީން ވަނީ ގިނަ މަަސައްކަތްތަކެއް ކޮށްފައެވެ.
ކޮލަމްބޯގެ ސަރަަހައްދަކުން ގެންދެވުނު ދިވެހި މީހާ ހައްޔަރުކޮށްފައިވަނީ އެގޭ ބަލާފާސްކުރިއިރު، އެގޭގައި ދިރިއުޅޭ އިންޓަރނޭޝަނަލް ރިލޭޝަންސް ކިޔަވާ ދަރިވަރަކު ކިޔަން ގެންގުޅުނު އައިއެސް ޖަމާއަތާއި ބެހޭ ފޮތެއް ފެނިގެންެނެވެ. ވޮއިސްއަށް އެނގިފައިވާ ގޮތުގައި އެ ދަރިވަރު މިވަގުތު ހުރީ ޗުއްޓީ ދަތުރެއްގައި މާލޭގައެވެ. ފުލުހުންގެ ހައްޔަރަށް ގެންދެވިފައިވަނީ އެކުއްޖާގެ ބޭބެއެކެވެ.
މީގެ އިތުރުން އެގެއިން ވަނީ ބޭސްފަރުވާއަށް ގޮސްފައިވާ ހުރި މީހަކުވެސް ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އެނގިފައިވާ ގޮތުގައި އެ މީހަކީ އެމްޑީޕީގެ މަޝްހޫރު އެކްޓިވިސްޓް ފުނަމާއެވެ. ފުނަމާއަކީ އާންމުގޮތެއްގައި ބޭސްފަރުވާއަށް ލަންކާއަށް ގޮސް، އެގޭގައި ހުންނަ މީޙެކެވެ.
މިފޮތަކީ ޖޯބީ ވޮރިކް ނަމަކަށް ކިޔާ ފަރާތަކުން ލިޔުނު، ބްލެކް ފްލެގްސް: ދަ ރައިސް އޮފް އައިސިސް ކިޔާ ފޮތެކެވެ. މި ފޮތަކީ ސްރީލަންކާގެ ބުކްޝޮޕަކުން އެ ދަރިވަރު ގަތް ފޮތެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް