ޒަކާތު ފަންޑަށް ބަލިމީހުން ހުށައަޅާ ފޯމަށް ބޮޑެތި ބަދަލުތަކެއް!
ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމުގެ އެހީއަށް އެދި ބަލިމީހުން ހުށައަޅަންޖެހޭ ފޯމަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ފޯމަށް ގެނައި ބަދަލުތަކާއި އެކު އާ ފޯމެއް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ އާންމު ކުރެވިފައެވެ.
އެގޮތުން މިހާރު ފޯމުގައި ބަލިމީހާގެ މާލީ ހާލަތުގެ އާމްދަނީގެ ތަފްސީލްތައް ހާމަކުރަންޖެހެއެވެ.
އޭގެ ތެރޭގައި ބަލި މީހާގެ އާއިލާ އަށް މަހަކު ލިބޭ އާމްދަނީ އާއި، ބަލިމީހާ އާއި އާއިލާ އިން މަހަކު ކުރާ ޚަރަދާއި މިހާތަނަށް ލިބިފައިވާ އެހީގެ ތަފްސީލާއި، ބޭނުންވާ އެހީ އާއި، ފަރުވާ ހޯދަން އެދޭ ތަނުގެ މައުލޫމާތުވެސް ހިމެނެއެވެ.
މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީދިނުމުގެ އުސޫލެއް އެކުލަވާލާ އަމަލު ކުރަން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ 14 ވަަނަ ދުވަހުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް