އެމްޕޮކްސް އަށް ޓެސްޓް ކުރަނީ-- ފޮޓޯ: އޭއޭ
އެމްޕޮކްސް އަށް ޓެސްޓް ކުރަނީ-- ފޮޓޯ: އޭއޭ
ދުނިޔެ 17 Sep 2024 | 07:59

ފިލިޕީންސް ގައި އެމްޕޮކްސް ޖެހުނު މީހުންގެ އަދަދު 18 އަށް އަރައިފި

ފިލިޕީންސް ގައި އެމްޕޮކްސް ޖެހުނު މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.

ފިލިޕީންސްގެ ހެލްތު ސެކްރެޓަރީ ތިއެޑޮރ ހަރްބޯސާ ވިދާޅުވީ، ހަށިގަނޑުން އެމްޕޮކްސް ފެނުނު މީހުންގެ ތެރެއިން 5 މީހުން ބަލިން ރަނގަޅުވެ، އެކަހެރިކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޕޮކްސް ޖެހުނު އެއްވެސް މީހަކު ބަލީގެ ސަބަބުން ފުރާނެ ގެއްލިފައި ނުވާކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ، އެމްޕޮކްސް އަކީ  ނުރައްކާތެރި ބައްޔެއްކަން ފާހަގަކޮށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އެމްޕޮކްސް އާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު ބަލީގެ އާ ވޭރިއެންޓެއް ފެތުރެން ފެށުމާއި ގުޅިގެންނެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެމްޕޮކްސް އެންމެ ގިނައިން ފެތުރެނީ އެފްރިކާގެ ޤައުމުތަކުގައެވެ. އެފްރިކާ ސަރަހައްދުގައި މިހާރު އެމްޕޮކްސް ފެތުރޭ މިންވަރު އިތުރުވެ، 14 ގައުމަކުން މިބަލި ވަނީ ފެނިފައެވެ. އެފްރިކާއިން މި ބަލީގައި 500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް