އިންޑިއާއިން ރާއްޖޭގެ ކޮރަޕްޝަން ހުއްޓުވުމަށް މާހިރުންގެ ޓީމެއް ފޮނުވަނީ!
ކޮރަޕްޝަނާއި މަނީ ލޯންޑްރީގެ ކުށްތައް ހުއްޓުވުމަށް އިންޑިއާގެ ކަމާ ބެހޭ މާހިރުން ރާއްޖެފޮނުވަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާގޮތުގައި ރާއްޖެއަށް ފޮނުވާ މާހިރުން އިންޓަޕޯލާއި ލަންޑަން މެޓްރޮޕޮލިޓޭން ޕޮލިސް އަދި އެފްބީއައި ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އޮޕަރޭޝަނަލް ސަޕޯޓް ހޯދާނެ ގޮތްތައް ކަނޑައަޅައިދޭނެ ކަމަށެވެ.
މީގެ އިތުރުން އިންޑިއާއިން ފޮނުވާ މާހިރުން ރާއްޖެ ފޮނުވާނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށާއި މާހިރުންގެ ތެރޭގައި ހިމެނެނީ ޚިޔާނާތާއި، ކޮރަޕްޝަނާއި، ޓެކްސަށް މަކަރު ހެދުމާއި، މަނީ ލޯންޑަރިންގްއާ ގުޅޭ މައުލޫމާތުތައް އެކުލެވޭ އިމޭއިލްތަކާއި، ފޮޓޯ އަދި ލިޔެކިއުންތައް ދިރާސާ ކުރުމުގެ ގާބިލުކުރަން ހުރި ބޭފުޅުންނެވެ.
ރާއްޖެއަކީ ދުނިޔޭގެ ކޮރަޕްޝަން އިންޑެކްސްގައި 31 ވަނައިގައި ހިމެނިފައިވާ ޤައުމެކެވެ. އިންޑިއާ ހިމެނިފައިވަނީ ކޮރަޕްޝަންގެ 41 ވަނައިގައެވެ. މި ރޭންޖްގެ ޤައުމުތަކަކީ ކޮރަޕްޝަން ފުދޭވަރަކަށް ހިމެނޭ ޤައުމުތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް