އައްޑޫ ލިންކު ރޯޑްގައި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އައްޑޫ ލިންކު ރޯޑްގައި އެކްސިޑެންޓެއް ހިންގާ ޒުވާނަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ފޭދޫ ލިންކު ރޯޑްގައި އެކްސިޑެންޓް ހިނގީ ސައިކަލާއި ކާރެއް ޖެހި ކަމަަށެވެ. އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިރޭ 7:29 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނިޔާވީ ފޭދޫ، އުލްފަތު އުމުރުން 36 އަހަރުގެ އިބްރާހިމް ސިޔާދު އެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވިި ޒުވާނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ގދ. ފިޔޯރީ އުމުރުން 23 އަހަރުގެ މުހައްމަދު މާހިލް މުމްތާޒް އެވެ.
ނިޔާވި ސިޔާދަކީ އެމްޓީސީސީގެ ބަސް ޑްރައިވަރެކެވެ. އެކްސިޑެންޓްވީއިރު ވެސް ސިޔާދު ހުރީ އެމްޓީސީސީގެ ޓީޝާޓްގަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް