ތިމަރަފުށި މުސްތަފާ މިނިސްޓަރ އަސްލަމަށް: ބަސް މަދުކޮށް ފޮނިކެނޑުން މަދުކުރަންޖެހޭ
ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ބަސް މަދުކުރައްވައި ފޮނިކެނޑުން މަދުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އެދިވަޑައިގެންފިއެވެ.
މުސްތަފާ މިފަދައިން އެދިވަޑައިގެންނެވީ ކުރެއްވި ޓްވީޓެއްގައެވެ.
މުސްތަފާ ވިދާޅުވީ މިނިސްޓަރމެން ވެރިކަަމަށް ވަޑައިގެން މާލޭގެ މުޅި ލޭންޑްސްކޭޕް ބަަދަލުކޮށްލައްވާާނެކަމުގެ އަޑު އެއްސެވިކަމަށެވެ. އަދި ރައްޔިތުން މިވަގުތު ތިބީ އެ މަންޒަރު ދެކޭ ހިތުންކަމަށް މުސްތަފާ ވިދާޅުވިއެވެ.
"ބަސް މަދުކޮށް، ފޮނިކެނޑުން މަދުކޮށް، އަމަލު ގިނަކޮށް މިގޮތަށް އެކަން ކޮށްބަލަ"، ހުޅުމާލޭގެ ދެވަނަ ފޭސްގައިވާ ހިޔާ މަޝްރޫއުގެ ޓަވަރތަކުގެ ފޮޓޯ ހިއްސާކުރައްވަމުން އެބޭފުޅާ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް