N/A
N/A
ހަބަރު 23 Sep 2019 | 15:26

ސަރުކާރުން އާއިލާތައް ގެތަކަށް ބަދަލުވާން ބުނެފައިވާ އިރު އެސަރަހައްދުގެ ހާލަތު އަދިވެސް ވަރަށް ގޯސް!

މިމަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ ބައެއް އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްނުދޭ މައްސަލަ ފެންމަތިވެފައިވަނިކޮށް އިތުރު މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

އެގޮތުން "ވޮއިސް" އަށް ވަނީ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ އާއިލާއަކުން ގުޅައި މައްސަލަ ހިއްސާކޮށްފައެވެ.

"އަޅުގަނޑުމެނަށް ރޭ 7 ޖެހި އިރު ބޯހިޔާވަހިކަމެއް ދޭނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓްއިން ބުނެފައިވަނީ. 7 ޖެހި އިރުވެސް ހަބަރެއްނުވެގެން ދިޔައިމަ ބުނީ ބައި ގަޑި އިރުތެރޭ ގުޅާނެކަމަށް. ދެން ބުނަންނީ އަޅުގަނޑު ގެއަށް ބަދަލުވުމަށް. ކެމިކަލްގެ އަސަރު ނެތްކަމަށް އެޗްޕީއޭއިން އަންގާފައިވާކަމަށް" ހާލުގައި ޖެހިފައިވާ އާއިލައިން ކިޔާދިނެވެ.

ހާލުގައި ޖެހިފައިވާ އާއިލާ ދިރިއުޅެމުން ގެންދިޔަގެއަކީ އަލިފާނުގެ ހާދިސާ ހިނގާދިޔަ ގުނދަނާއި ޖެހިގެން އެއްގެ ދޫކޮށްފައި ހުންނަ ގެއެއްކަމުން އެގެއަށް ދުމުގެ އަސަރު މިހާރުވެސް ކުރަމުންދާކަމަށް ބުނެފައެވެ. އަދި އެ ސަރަހައްދުގައިވެސް ކެމިކަލް ވަސް ދުވާކަމަށާއި އެ ސަރަހައްދުގައި އަދިވެސް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ މާސްކުއަޅައިގެންކަން އޭނާ ފާހަގަކޮށްފައިވެއެވެ.

"ކުޑަ ދޮޅު ހުޅުވާލިއަށް ލޮލުންނާއި އެއްކޮށް ދިލަނަގާ" ނުވަމަހުގެ ތުއްތު ކުއްޖެއްގެ ބައްފަ ވޮއިސްއަށް ކިޔައިދިނެެވެ.

ސަރުކާރުން އާއިލާތައް ގެތަކަށް ބަދަލުވާން ބުނެފައިވާ އިރު އެސަރަހައްދުގެ ހާލަތު އަދިވެސް ވަރަށް ގޯސް

މި މައްސަލަ ޑިޒާސްޓަރ މެނޭޖްމަންޓާއި ހިއްސާކުރުމުން ބުނެފައިވަނީ އެ ސަރަހައްދުގެ ވައިގެ ވަނީ ޓެސްޓުކުރެވިފައިކަމަށާއި، ޑަބްލިއު އެޗެއޯގެ މިންގަނޑަށް އެ ސަރަހައްދުގެ ވައި ސާފުވެފައިވާކަމަށް އެޗްޕީއޭއިން ބުނެފައިވާކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އެއްވެސް ލިޔުމެއް ހިއްސާކުރުމަށް ބުނުމުން އެ ލިޔުން ދައްކާފައި ނުވާކަމަށް ގޭގެ ވެރިފަރާތުން ބުނެފައިވެއެވެ.

މިއީ އެ ސަރަހައްދުގެ ދިރިއުޅޭ ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުންކަމަށާއި މިކަމަށް ޑިޒާސްޓާއިން އެދެވޭ އެއްބާރުލުމެއް ދީފައިނުވާކަމަށް އޭނާ ބުނެފައިވެއެވެ.

މި މައްސަލާގައި "ވޮއިސް" އިން މިނިސްޓްރީ އޮފް ހެލްތްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ވަނީ ފޯނަށް ޖަވާބު ދީފައިނުވެއެވެ. ޑިޒާސްޓާރ މެނޭޖްމަންޓްއަށް މިމައްސަލާގައި ގުޅާލުމުން ވަނީ ތަނުގެ އިސްވެރިއެއް ފަހުން ގުޅާނެކަމަށް ބުނެފައެވެ.

އަލިފާން ރޯވި ހިސާބުގައި އަދިވެސް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަނީ މާސްކް އަޅައިގެންނެވެ.

9 މަހުގެ ތުއްތު ކުއްޖަކާއެކު ގެއަށް ބަދަލުވާން ނުކެރި އަދިވެސް އެ އާއިލާ ދިރިއުޅެމުންދަނީ އަމިއްލަ ހަރަދުގައި ގެސްޓުހައުސްއެއް ހިފައިގެންނެވެ. އަދި މިނޫން އެތައް އާއިލާއެއް ސަރުކާރުން ވަގުތީ ހިޔާވަހިކަން ދިނުމަށް ދެކޮޅު ހަދަމުންދާތީ ގެސްޓްހައުސްތަކުގައި އަދި ތިމާގެ މީހުންގެ ގޭގައި ދިރިއުޅެމުންއަންކަމަށް އެފަރާތުން މައުލޫމާތު ދެއްވާފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...