ބިދޭސީންނަށް ބިން މިލްކު ނުކުރެވޭ އިސްލާހު ތަސްދީގު ކުރައްވައިފި
ރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ބިދޭސީންނަށް މިލްކުކޮށް ނުދެވޭނެ ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މިހާރު އަމަލުކުރަމުންދާ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ ފުރަތަމަ އެކުލަވައިލިއިރު ވެސް އޮތީ ބޭރުގެ އެއްވެސް ފަރާތަކަށް ބިން މިލްކު ނުކުރެވޭ ގޮތަށެވެ.
އޭގެ ފަހުން ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އަށް ބަދަލު ގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެމްޑީޕީގެ 10 މެންބަރުންގެ ވޯޓާއި އެކު އޭރު ގާނޫނު އަސާސީއަށް ގެނައި އިސްލާހު އުވާލަން މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ މެންބަރު އަބްދުﷲ ރިފާޢު އެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ އިިސްލާހު އުވާލެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް