N/A
N/A
ހަބަރު 16 Nov 2019 | 12:52

ނަތީޖާ ފެންނަން ފެށުމުން އެއްވެސް މީހަކު ފޮނި ބޯން ނާންނާތި: ޔާމީނު

އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވައި، ގައުމާއި ރއްޔިތުންގެ ހައްގުގައި މިހާރު ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަން ފެށުމުން ފޮނިބޯން އެއްވެސް މީހަކު ނައުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވައިލައްވައިފިއެވެ.

''ދަރުވާލައިފި'' ނަމުގައި އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވަހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަކީ ކަނޑުކޮހުން ކަމަށް އެއްވެސް މީހަކު ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވައި ގައުމާއި ރައްޔިތުންގެ ހައްގުގައި މިއަދު އިދިިކޮޅުގައި ތިބެގެން މަސައްކަތްކުރާއިރު، އެމަސައްކަތުގެ ނަތީޖާ ފެންނަން ފެށުމުން، ދެން އެއްވސް މީހަކު ފޮނިބޯން އައިސްގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީއަކީ މިހާރު ހުޅުވައިލާފައިވާ ޕާޓީތަކެއް ކަމަށާއި، އިދިކޮޅާއި ގުޅުމުގެ ފުރުސަތު މިހާރު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށެވެ.

'' މި ޖިހާދުގައި އަޅުގަނޑުމެންނާއެކީ އުޅޭ ކޮންމެ މީހަކަށް ފުރުސަތު ދެވޭނެ. އަޅުގަނޑުމެންގެ ދޮރު އެހުރީ ހުޅުވައިލާފައި. އެކަމަކު މިކުރާ މަސައްކަތުގެ ނަތީޖާގެ ފޮނި މީރުކަން ލިބޭ ހިސާބަށް ދިޔައިމަ ދެން ނާންނާތި މާމަލުން ފޮނި ބޯ މާބުރު އަންނަ އުސޫލުން މިތަނަށް ނާންނާތި. އެއީ އަޅުގަނޑުމެން ޖާގަދޭނެ ކަމެއް ނޫން. އެހިސާބުން އެމީހުންނަށް ދޮރު ބަންދުވާނެ. ތާއަބަދަށް ދޮރު ބަންދުވީ'' ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިދިކޮޅާއެކު މިއަދު ހަނގުރާމަ ކުރަން ކެރޭ މީހުންނަކީ ރައްޔިތުންގެ ހައްގުގައި ތިބޭ މީހުން ކަމަށާއި ދުރުގައި ފިލާ ތިބޭ މީހުން ފަހުން ޣަނީމާ މުދާ ބަހާއިރު އަންނަ އައުމަށް ކެރިގެން ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

''ރައްޔިތުންނަށް ހެޔޮއެދިގެން އުޅޭ ސިޔާސީ ލީޑަރުންތަކެއް ނުތިބޭ. އެމީހުން އެތިބީ މަޑުން، ދެންތިބި މީހުން ތިބީ ހަނު.އެމީހުންނަށް އެނގޭ އެމީހުން ހަދާފަތިބި ގޯސް. އެމީހުންނަކަށް ނުކެރޭނެ ރައްޔިތުން ކުރިމަތީގައި އަނގަ ހުޅުވައިލާކަށް. އެވަރުގެ ކެޕޭސިޓީއެއް ނެތް.'' ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އިދިކޮޅުގައި ތިބުމަށްފަހު މިއަދު ސަރުކާރު ކޯލިޝަނާ ގުޅިފައިތިބީ އެންމެ ބޮޑު ހިޔާނާތުން ޣައްދާރުވެފައި ތިބި މީހުން ކަމަށެވެ. އެމީހުންދިޔައީ ލިބޭ ވަގުތީ ފައިދާއަށްޓަކައި ކަމަށް ވެސް ވިދާޅުވިއެވެ.

''އެމީހުން ތިބީ ސަރުކާރާއެކުގައެއް ނޫން. ސަރުކާރު އޮތީ އެމީހުންނާ އެކީގައެއްވެސް ނޫން.'' ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ކޯލިޝަންގައި ރައްޔިތުންގެ ޝުއޫރު ދަންނަ މީހަކު ވެސް ނެތް ކަމަށާއި ގާބިލު އެކަކުވެސް ނެތް ކަމަށެވެ. ވާދަވެރިވާންވީ ރައްޔިތުންނަށް ކުރެވޭ ހިދުމަތުގައި ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ވާދަވެރިވުމަށް ރައީސް ޔާމީން ގޮވައިލެއްވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...