މާލޭ މަގުމަތީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގެ މަގުމަތީގައި ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލް ފިރިހެނަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، ރޭ 23:58 ކަންހާއިރު މާލޭގެ ކުރީކީލަ މަގުގައި ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލް ފިރިހެނަކު ޒަޚަމްކޮށްލާފައިވާކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އަނިޔާވެފައިވާ ނޭޕާލް ފިރިހެނާއަށް ފަރުވާދިނުމަށް އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަނިޔާވި މީހާގެ ހާލަތު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް