ފޮރިން މިނިސްޓްރީ ވަގުތީގޮތުން އެހެން އިމާރާތަކަށް!
ފޮރިން މިނިސްޓްރީގެ ޚިދުމަތްތައް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިމަހުގެ ފަނަރަ ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.
އެހެންކަމުން އެ މިނިސްޓްރީގެ ޚިދުމަތްތައް އެމްޓީސީސީ ސޯމިލް ރިލޮކޭޝަން ބިލްޑިން (ހުޅުމާލެ ފެރީޓާމިނަލްގެ އިރުމަތީ ހުންނަ އިމާރާތް)އަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
މިގޮތުން އަންނަ މަހުގެ ހަޔަކުން ފެށިގެން މިނިސްޓްރީގެ ހިދުމަތްތައް ދެމުންދާނީ އެތަނުންކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ދުވަސްވަރު ކުރިމަތިވެދާނެ ދައްޗަކަށް ފޮރިން މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.
ފޮރިން މިނިސްޓްރީގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ޗައިނާގެ ސަރުކާރުގެ އެހީގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް