އިދިކޮޅު ކެނޑިޑޭޓަކީ ޕަޕެެޓެއް، ކިހިލި ޖަހައިގެން ބަލިކޮށްލާނަން: އަލްހާން
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ އިބްރާހިމް މުއިއްޒުއަކީ ޕަޕެޓެއްކަމަށް އެދާއިރާއަށް ޖޭޕީން ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ މުއިއްޒުގެ ޑޯޓުޑޯގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހަރަކާތްތެރިވާ ފޮޓޯތަކެއް ޓްވީޓްކުރައްވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ރައީސް ނަޝީދު ފަދަ ނުފޫޒުގަދަ ސިޔާސީ ވެރިން ރައްޔިތުންގެ ބާރުވެރިކަން އެމީހުންގެ ޕަޕެޓުންނަށް ހޯދައިދޭން ކުރާ މަސައްކަތާއި މެދު ހައިރާންވާ ކަމަށެވެ.
އަދި މުއިއްޒު ކިހިލި ޖަހައިގެން ބަލިކޮށްލާނެކަމަށް އަލްހާން ވިދާޅުވިއެވެ.
ހެންވޭރު އުތުރު ދާއިރާގައި އިންތިޚާބުގެ ފޯރި ގަދަވެފައިިވާއިރު، އަލްހާން ފަހުމީގެ ކެމްޕެއިން ޓީމުން ދަނީ ގިނަ ކެމްޕެއިން އިވެންްޓްތައް ބާއްވައި، ދާއިރާގެ ރައްޔިތުންގެ ތާއިދު ހޯދަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް