ކައުންސިލްތަކުން އަންހެނުންނަށް ކޯޓާ ދިނުމާއި ގާސިމް ދެކޮޅު
ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ވަކި އިންސައްތައެއް ޚާއްސަ ކުރުމާއި ދެކޮޅުކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ހަވާލުކުުރުމަށް ކުނޫޒްގައި ރޭ އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ކައުންސިލްތަކުން އަންހެނުންނަށް ވަކި ޕަސެންޓެއް ޚާއްސަ ކުރުމަކީ، އަންހެން ބޭފުޅުންނަށް ފިރިހެނުންގެ ހައްގުތައް އޯވަރައިޑްކުރެވޭ ކަމެއްކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގައިވާ ތަފާތުކޮށްގެން ނުވާނެކަމަށް ބުނާ ބުނުމާއި އިިދިކޮޅުކަމެއްކަމަށް ގާސިމް ވިދާޅުވިއެވެ.
"އެހެން އެކަމެއް ނުކުރެވޭނެ. ގާނޫނު އަސާސީގައި ބުނެފައި އޮންނަނީ ވަކި ޖިންސަކުން، ވަކި ކުލަޔަކުން، ވަކި ނަސަބަކުން، ހަސަބަކުން އަޔަތީ ތަފާތެއް ނުކުރެވޭނެ ކަމަށް. އެހެންވީމަ ދެ ޖިންސުގެ ދެމެދުގައި ވެސް އެ ތަފާތު ގެނައުމަށް، ވަކި ބަޔަކަށް ވޯޓް ހޯދުމުގެ ބޭނުމުގައި ވެސް ވަކި ޕަސެންޓެއް ކަނޑައަޅާ ދިނީމާ، އަނެއްކޮޅުން އަންހެން ބޭފުޅުންނަށް އޯވަރައިޑް ކުރެވޭ އެހެން ތިބި މީހުންގެ ހައްގުތައް"، އެބޭފުޅާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ގާނޫނަށް އެގޮތަށް ބަދަލު ގެންނަން މަސައްކަތްކުރަނީ ވަކި ބަޔަކުވެގެން އަންހެނުން ބޭފުޅުންގެ ވޯޓު ހޯއްދެވުމަށްކަަމަށާއި ނަަމަވެސް ރާާއްޖޭގެ އަންހެނުންނަކީ އެހާ ގަމާރު އަދި މޮޔަބަޔެއް ނޫންކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް