އައްޑޫ އެކްސިޑެންޓުގައި އަނިޔާވި މީހާ މާލެ ގެންނަނީ
އައްޑޫ ސިޓީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހާ މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދީފައިވަނީ، އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ސ. މަރަދޫ ފޭދޫގައި ހިނގި އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު 5:55 ހާއިރުއެވެ.
އެކްސިޑެންޓު ހިނގުމާއެކު އެސަރަހައްދު ދޫކޮށް ގޮސްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، އެކުއްޖާ އަތުގައި ލައިސެންސްވެސް ނެތް ކަމަށެވެ.
އެކުއްޖާއަށްވެސް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފުލުހުން އެކުއްޖާ ހޯދާފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން ގޮސްހުއްޓައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް