ހަލީމަށް އެހީވުމަށް ފައިނުގައި ހިނގާލުމެއް ބާއްވަނީ
މީގެ ދުވަސްކޮޅެއް ހިނގި ނުރައްކާތެެރި އެކްސިޑެންޓެއްގައި ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފައި ބުރިކޮށްލަން ޖެހުނު ރ.އިނގުރައިދޫއަށް ނިސްބަތްވާ އަބްދުﷲ ހަލީމަށް އެހީވުމަށް ރ.ފައިނުގައި ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހިނގާލުން ބާއްވަނީ އެރަށު ކްލަބް ޔަންގްސްޓާޒް އަދި ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާޒްއިންނެވެ. މި ދެ ޖަމްއިއްޔާާއަކީވެސް އެރަށުގެ އިޖްތިމާއީ ކަންކަމުގައި އިސްކޮށް ހަަރަކާތްތެރިވާ ދެ ފަރާތެކެވެ.
މި ހިނގާލުމުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެ، ހަލީމަށް އެހީތެރިވުމަށް އެފަރާތްތަކުން އެދެއެވެ.
މި ހަރަކާތުން ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހަލީމްގެ ބޭސްފަރުވާގެ ތެރެއިން މަސްނޫއީ ފައެއް ޖެހުމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް