އަދީބް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ހުކުމް ތަންފީޒުކުރަން ފަށައިފި: ކަރެކްޝަން
ކުރީގެ ނައިބް ރައީސް ގެ މައްޗައް އިއްވާފައިވާ ޖަލު ހުކުމް ތަކުން މިއަދި އެނާ ސަލާމަތްވެފައިވުމާއެކު ކުރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް މިއަދު ތަންފީ ޒުކުރަން ފަށައިފި އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އަޮފިޝަލް، އަހުމަދު ނަސީމް ވިދާޅުވެފައިވާ ގޮތުގައި ހުކުމް ތައް ކަރެކްޝަންސް އިން ތަންފީޒް ކުރަމުން އަންނަ އުސުލަކީ ބޮޑެތި ހުކުމްތަކުން ފެށިގެން ކުޑަ ހުކުމްތަކާ ހަމަޔަށް ދިޔުންކަމަށެވެ. އެހެންކަމުން މިއަދު އަދީބްގެ މައްޗައް އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރުމާއެކު އަދީބްގެ މައްޗައް ކޯޓުގެ ހުރުމަތް ކަނޑާލިކަމަށްޓަކައި އިއްވާފައިވ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒް ކުރަން ފެށީއެވެ.
ފަނަރަ ދުވަހުގެ ޖަލުގެ ހުކުމްގެ އިތުރުން ލޯންޗުކޮޅު މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގީ، އަދީބު 15 ދުވަހު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.
ނަމަވެސް އަދީބް ގެ ސިއްހީ ހާލަތައް ބަލައި ގޭބަންދަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ އަދީބު ގޭބަންދުގައި ބެހެއްޓުމަށެވެ. އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް