ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ބަލަނީ
ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ދުއްވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ލޯންޗެއް ވާދައަށް ދުއްވާފައިދާ ގޮތަކަށް ރަށެއްގެ ނެރުން ބަނދަރަށް ގާތްކުރާ މަންޒަރު ފެނިގެންދެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ސޯޝަލް މީޑިއާ އިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި ވީޑިއޯ އިން ފެންނަ ލޯންޗް ތަކަކީ އއ. އަތޮޅުގެ ރަށަކަށް ދަތުރު ކުރަމުން ދިޔަ ލޯންޗުތަކެއް ކަމަށެވެ.
މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، މި މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކާ ސުވާލުކޮށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް