ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހު ހުށައަޅައިފި
މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ތިއްބެވި ބޭފުުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހެއް ހުށައަޅައިފިއެވެ.
މި އިސްލާހަކީ ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށްޓަަކައި ހުށައެޅި އިސްލާހެކެވެ. މި އިސްލާހު ހުށައަޅުއްވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދެވެ.
މީގެކުރީން އެ ބިލު ހުށަހަޅާފައިވަނީ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުންނެވެ. ނަމަވެސް އެ ބިލު ގާނޫނާއި ގަވާއިދަށް ނުފެތޭކަމަށް ރައްޔިތުންގެ މަޖިލީހަށް ފެނުމުން އެ ބިލް އަނބުރާ ފޮނުވާލިކަން އެނގިފައިވެއެވެ.
މި އިސްލާހު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް ހުށައެޅުމުން އެބޭފުޅާއަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް