ހުޅުމާލޭގައި ބޮޑު އޮފީސް އިމާރާތެއް އަޅަނީ
ހުޅުމާލޭގައި ބޮޑު އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިކަމަށްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އިންވަނީ ހުޅުމާލޭގައި 24000-25000 އަކަފޫޓުގެ އޮފީސް އިމާރާތެއް ޑިޒައިންކޮށް އާކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފައެވެ.
އެކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި ބީލަންތައް ހުޅުވުން އޮންނާނީ މިމަހުގެ 18ވާ ހޯމަ ދުވަހުގެ 10:00ގައި އެ މިނިސްޓްރީގައި ކަމަށެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހުގެ 10:00އަށް އެމިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް