މިދިޔަ 5 ސީޒަނުގަ ފްރެންޗް ކަޕް ހޯދި ޕީއެސްޖީ މުބާރާތުން ކަޓައިފި
މިދިޔަ 5 ސީޒަނުގައި ފްރެންޗް ކަޕް ހޯދާފައިވާ ޕީއެސްޖީ އެ މުބާރާތުން ކަޓައިފިއެވެ.
ހައިރާންކުރުވަނިވި ގޮތަކަށް ޕީއެސްޖީ މި މުބާރާތުން ކެޓީ ފްރާސްން ލީގުގެ އެންމެ ފުލުގައި އޮތް ގުއިންގޭންޕް އަތުންނެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ މި މެޗުގައި ޕީއެސްޖީއަށް ލީޑް ނަގައިދިން އިރު ގުއިންގޭންޕްގެ ދެ ލަނޑުވެސް ފެނިފައިވަނީ ފަހު ދިހަ މިނެޓް ތެރޭގައެވެ.
ގުއިންގޭންޕްގެ ދެ ގޯލަކީވެސް ލިބުނު ޕެނަލްޓީތަކަކުން ކާމިޔާބުކުރި ގޯލްތަކެކެވެ. ފުރަތަމަ ޕެނަލްޓީ ޔެނީ ގަބަކޯޓޯ ޖަހައިދިންއިރު ދެވަނަ ޕެނަލްޓީ އަދި އެޓީމް މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސްގެ ލެޖެންޑް ލިލިއަން ތޫރާމްގެ ދަރި މާކަސް ތޫރާމްއެވެ.
ތިއަރީ އޮންރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ މޮނާކޯވަނީ ރެންއެސްއައި ވާދަކޮށް ޕެނަލްޓީ ޝޫޓް އައުޓްއަށް ގޮސް 8-7 ކުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް