އޯކިޑް ޕްލާޒާގައި އަނެއްކާވެސް އަލިފާން ރޯވެއްޖެ
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
މާލޭގެ ބުރުޒު މަގުގައި ހުންނަ އޯކިޑް ޕްލާޒާގައި އަނެއްކާވެސް އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައިވަނީ މިރޭ ދަންވަރުގެ ވަގުތެއްގައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އެ ސަރަހައްދުގެ ގެތަކުން މީހުން ނެރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން މުޅި ސަރަހައްދުގައި ދުމުގެ އަސަރު ގަދަވެފައިވާކަން ފާހަގަކުރެވެއެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.
އަލިފާން ރޯވި ސަބަބު އަދި ސާފުވެފައި ނުވިނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ ނިކުމެ އުޅޭ ތަނެކެވެ.
އަދި އެ ހާދިސާ ހިނގި ސަރަހްދުން، ފިލަން މަސައްކަތް ކުރަނިކޮށް ތިން މީހަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މަންޒަރު ދުށް މީހަކު “ވޮއިސް” އަށް މައުލޫމާތު ދީފައިވެއެވެ.

މި އިމާރާތަކީ ފަޅު އިމާރާތަކަށްވެފައި މިއީ ތަކުރާރުކޮށް އަލިފާނުގެ ހާދިސާ ހިނގާފައިވާ އިމާރާތެއް ފާހަގަކޮށްލަންޖެހެއެވެ. މިދިޔަ އަހަރުވެސް މި އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް