ޖުމްހޫރީ މައިދާނުގައި ހުރި ޢީދު ބޮކީގެ ކޭބަލްތަކެއް ވަގަށް ނަގައިފި
އަޟްހާ ޢީދު ފާހަަގަކުރުމަށް ޖުމްހޫރީ މައިދާނުގައި ދިއްލާފައިހުރި ބައެއް ޢީދު ބޮކީގެ ކޭބަލް ވަގަށް ނަގައިފިއެވެ.
މާލޭ ސިޓީކައުންސިލުން ރޭ ހާމަ ކުރެއްވި ގޮތުގައި، ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަގަށް ގެންގޮސްފައިވާތީ، އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
ކޭބަލް ވަގަށްނެގުމުގެ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައިވާކަަން ފާހަގަކޮށްލެވެއެވެ.
އެގޮތުން މިދިޔަ ހަފްތާ ތެރޭ، ޢިއްޒުއްދީން މަގު (ފުޑްކޯޓު) ސަރަހައްދުގެ މަގުބައްތިތަކުގެ ކޭބަލްވެސް ވަގަށް ނަގާފައިވާއިރު، ސިނަމާލެ ފްލެޓެއްގެ ފެންމޯޓަރު ކޭބަލްތައްވެސް ވަގަށް ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް