ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ މަސައްކަތް ބާރުމިނެއްގައި ކުރިއަށްދަނީ
ކަޅުވަކަރު މިސްކިތް ރޭވުމުގެ މަސައްކަތްތައް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން ހާމަކުރިގޮތުގައި ކަޅުވަކަރު މިސްކިތް ރޭވުމުގެ ތެރެއިން ހިރިގަލުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި މިހާރު އެ މިސްކިތުގެ މަތިވަޑާންގަނޑުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށްވެސް ވަނީ ބުނެފައެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވަނީ ޗާންދަނީ މަގު، މެދުޒިޔާރަތް މަގު ކަންމަތީގައި ކުރީގެ ދިރާގު ހެޑްއޮފީސް ހުރި ބިމުގައެވެ.
މި ސަރަހައްދުގައި އެ މިސްކިތް ނަމާދުގެއެއްގެ ގޮތުގައި ބަހައްޓާއިރު، ކުޑަ ޕާކެއްވެސް ތަރައްގީކުުރުމަށް ވަނީ ހަަމަޖެހިފައެވެ.
ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތްތައް، 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް، 2,967,867.8 އަށް ހަވާލުކޮށްފައިވަނީ އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.
އެންމެފަހުން އެ މިސްކިތް ބަހައްޓާފައިހުރީ ސީއެޗްއެސްސީ ސްކޫލް ކައިރިން، ސަލްޓަން ޕާކްގައެވެ. ނަމަވެސް އެ ސަރަހައްދުގައި ވިންޓާ ތީމް ޕާކެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ މިސްކިތް ވަނީ ރޫޅާލާފައެވެ. ތާރީޚުން އެނގޭ ގޮތުގައި މި މިސްކިތް ވަނީ މާލޭގެ އެކި ސަރަހައްދުތަކާއި މާލެއިން ބޭރުގައިވެސް ބެހެއްޓިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް