މަޖީދީމަގުގައި ހުރި ފޯނު ވިއްކާ ފިހާރައެއް ފަޅާލައި ވައްކަންކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަޖީދީމަގުގައި ހުންނަ ފޯނު ވިއްކާ ފިހާރައެއް ފަޅާލައި، ވައްކަން ކޮށްފިއެވެ.
ފުލުހުންގެ މަޖީދީމަގުގައި ހުންނަ ޒިއޯން މޮބައިލްސް 4 ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި އެ ފިހާރައިން ވައްކަންކޮށްފައިވާކަމަށް މިއަދު ހެނދުނު 5:35 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤުކުރަމުންނެވެ.
މިކަން ހިނގައި ދިޔަގޮތް ފެންނަ ސީސީޓީވީ ފޫޓޭޖް މީސް މީޑިއާގައި ދައުރުވަމުން ދާއިރު، އެ ވީޑިއޯތަކުން ފެންނަ ގޮތުގައި މަގުމަތިން ހިނގާފައި ދިޔަ މީހަކު އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމުން އެހެން މީހަކު އައިސް، ފިހާރައަށް ވަދެއެވެ.
އަދި ފިހާރައަށް ވަން މީހާ އެ ތަނުގެ ވަތްގަނޑުތައް ހަލާކުކޮށްލައި، ކޮތަޅުކޮތަޅުގައި އެއްޗެހިތަކެއް ހިފައިގެން ނުކުންނަތަން ފެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް