ސެންޓްރަލް ޖަލު ނިމެންދެން ހުޅުމާލެ ޖަލާއި ޖެހިގެން އޮތް ބިން ކަރެކްޝަނަށް ދީފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ސެންޓްރަލް ޖަލު އަޅާނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްއަށް ދޭން ނިންމައިފި އެވެ.
އެކަން ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިރޭ ވަނީ ހާމަ ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ ޖަލާއި އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ދޫކުރަން މާލެ ސިޓީ ކައުންސިލައި އެޗްޑީސީ އާއި ކަރެކްޝަނާއެކު މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށެވެ.
އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކުރުމާއި އެކު ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށެވެ.
ކުށްކުރުން އިތުރުވެ ޖަލުތަކުގައި ބަންދުކުރާ މީހުންގެ އަދަދު އިތުރުވެ ޖަލުތައް ވަނީ ފުރިފަ އެވެ. ޖަލުތަކަށް ކުރަން ޖެހޭ ހޭދަ ވެސް އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް