އައްޑޫގެ މަގުހަދައި ބިންހިއްކާނެ ފައިސާ ބަޖެޓުގައި ނެތް، އެގްޒިމް ބޭންކުން ލޯނު ނަގަނީ
އައްޑޫސިޓީގެ މަގުހެދުމާއި ބިންހިއްކުމުގެ މަޝްރޫއުއަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ބަޖެޓްކުރެވިފައި ނެތްކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ތަޅުމުގައި މެންްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ އައްޑޫގެ މަގުހެދުމާއި ބިންހިއްކުމުގެ މަޝްރޫއުއަށް ބަޖެޓްކުރެވިފައިވާ ފައިސާއިން ކުރެވޭނެ ހަމައެކަނި ކަމަކީ މަސައްކަތް ހަވާލުކުރެވިފައިވާ ކޮންޓްރެކްޓަރުންނަށް އެޑްވާންސް ފައިސާ ދިނުން ކަމަށެވެ.
އެހެންކަމުން އެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާގެ އެގްޒިމް ބޭންކުން ލޯނެއް ދީފައިވާކަން މިނިސްޓަރ ފާހަަގަކުރެއްވިއެވެ.
އެލޯނު އެހީގެ ޓާމްސް އޮފް ރެފަރެންސް ތައްޔާރުކޮށް ސަރުކާރުން މިއަދު އިންޑިއާއަށް ފޮނުވާނެ ކަމަށާއި، މަސައްކަތް ފަށައިގަނެވޭނީ އެގްޒިމް ބޭންކުގެ އެޕްރައިޒަލް ތައްޔާރުކޮށް ނިމުމުންކަމަށް ޕްލޭނިންގ މިނިސްޓަރ ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި މިއީ އިންޑިޔާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހިންގާނެ މަޝްރޫއު އެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް