N/A
N/A
ހަބަރު 20 Feb 2019 | 01:56

ބޭހާއިނުކުޅޭތި ބަޑި ... ގޭމަކޮޔާ ފިހިދާނެ

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ކޮރަޕްޝަން ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ވަރަށް ފާހަގަކުރެވޭ ފިޔަވަޅެއް އަނެއްކާވެސް މިވަނީ އަޅުއްވާފައެވެ. އެއީ ކޮރަޕްޝަން ހުއްޓުވުމަށް އުފައްދަވާފައިވާ ދައުލަތުގެ މިނިވަން މުއައްސަސާ، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ގައުމުގައި ހިނގި އެންމެ ބޮޑު ކޮރަޕްޝަނާއިބެހޭ ރިޕޯޓް ފެބްރުއަރީ 14 ދުވަހު ނެރުމާއެކު އެކޮމިޝަންގެ ރައީސް ހައްޔަރުކުރަން ސަރުކާރުން އުޅެގަތުމެވެ.

އޭސީސީގެ ރިޕޯޓް ނެރުނުތާ އެންމެ ތިން ދުވަހުގެތެރޭގައި އެކޮމިޝަންގެ ރައީސްގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތު ފުލުހުން އުފުލިކަން ފެބްރުއަރީ 17 ވަނަ ދުވަހު ފުލުހުންގެ އިދާރާއިންވަނީ އިއުލާންކޮށްފައެވެ. ގައުމުގައި ކަރޮޕްޝަން ހުއްޓުވަން އައްޔަންކޮށްފައިހުރި ވެރިޔާ ކޮރަޕްޝަންގެ ރިޕޯޓެއް ނެރުމުން އޭނާ ހައްޔަރުކުރަން ސަރުކާރުން އުޅެގަތީމާ ދެން އެބުނެވެނީވެސް ކީކޭތޯއެވެ. ޒީރޯ ޓޮލަރެންސްތޯއެވެ.

އެއްގޮތަކީ އޭސީސީން ނެރުނު ރިޕޯޓް ސަރުކާރުން ގަބޫލުނުކުރުމެވެ. އޭސީސީގެ ރައީސްގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުން ކުއްލި ތަހްގީގެއް ހިންގަންފެށުމުން އެބުނެދެވެނީ ރިޕޯޓް ގަބޫލުނުކުރާ ވާހަކައެވެ. މަނީލޯންޑަރިންގައި އިންވޯލްވާ މީހަކު ނެރޭ ރިޕޯޓެއް ސައްހަވާނީވެސް ކިހިނެތްތޯއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ލުތުފީ

އަނެއްގޮތަކީ މިއީ މުއައްސަސާތަކަށް ސަރުކާރުން ދިން ވަރުގަދަ އިންޒާރެކެވެ. މުސްކުޅި ރައިވަރު ބަހެއްގައި ބުނާފަދައިންނެވެ. "ބޭހާއި ނުކުޅޭތި ބަޑި، ނޭގި ހުއްޓައި އަނދައިދާނެ، ގޭމަކޮޔާ ފިހިދާނެ'' ސަރުކާރުން އެބުނެދެނީ މިއީބަޑިބޭހޭ ބަޑިބޭހާއި ނުކުޅެއްޗެވެ.

ރިޕޯޓްތައް ނެރުމުގައި ބަލައިގެން އުޅޭށެވެ. ސަބަބަކީ އޭސީސީގެ ރިޕޯޓުން އެންމެފުރަތަމަ އެތިފަހަރެއް އަޅަންމިޖެހުނީ ރައީސްގެ މޫނުފުޅުމަތީގައިކަމަށްވީމައެވެ. ކޮރަޕްޝަނާއި ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރާއި އެމްޑީޕީގެ ބާރުގަދަ މީޑިއާ ރާއްޖެޓީވީގެ އޯނަރުގެ މައްޗަށް ފިޔަވަޅު އަޅަންޖެހުމެވެ. އެމްއެމްޕީއާރްސީގެ މައްސަލައިގައި އަމިއްލަ ޕާޓީއަށް ނިސްބަތްވާބަޔެއްގެ ނަންތައް އަތުވެދާނެކަމަށް ކުރިއަކުން ވިސްނިފައެއް ނޯވެދާނެއެވެ.

ޒީރޯ ޓޮލަރެންސް 90 ޑިގްރީއަށް

އޭސީސީން ރިޕޯޓް ނެރުނީ ސަރުކާރުން ކަރޮޕްޝަނާއި ދެކޮޅަށް ޒީރޯ ޓޮލަރެންސް ސިޔާސަތު އިއުލާންކޮށް، އެމްއެމްޕީއާރްސީގެ ޚިޔާނަތުގައި މުގުލުގައިތިބި މީހުން ހާމަކުރުމަށް އޭސީސީއަށް ގޮވާލުން އިތުރުވެ އަދި ސަރުކާރު ހިންގާ ޕާޓީން އަޑީގައި އޮވެގެންކަމަށް ބެލެވޭ، އެމްއެމްޕީއާރްސީގެ ވައްކަމުގެ ފައިސާ ވަދެފައިހުރި އެކައުންޓްތައް ހާމަކުރުމަށް ގޮވާލައި މާލޭގައި މުޒާހަރާއެއް ކުރަން ރޭވުމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސަރުކާރުން އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ ބުރަދަން ހުރި ވަރު އޭސީސީގެ ރިޕޯޓުން އެގޭނެކަމަށް ބަލައި އެރިޕޯޓް އޭސީސީން ނުނެރެގެން ސަރުކާރުން އޮތީ ކަންބޮޑުވެފައެވެ.

އެހެންއޮއްވައި ރިޕޯޓް ނެރުމުން!... އަބްދުﷲ ޔާމީން ވައްކަން ކުރިކަން ސާބިތުކުރެވޭ ފަދަ ވަރުގަދަ ހެއްކަކަށް ނުފުދެއެވެ. އުފުލާފައިވާ ދައުވާއަކީ އަސްލު މަނީ ލޯންޑަރިންގެ މައްސަލައަކަށްވުރެ ސިޔާސީ ދައުވާއަކާއި ވައްތަރުވާގޮތް މާބޮޑެވެ. އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާ އުފުލި ފަދައިންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރ ސަސްޕެންޑްކުރެއްވުމަށްފަހު ނުކުމެވަޑައިގެން އޭސީސީގެ ރިޕޯޓަށް ފުރަތަމަވެސް ވިދާޅުވީ ފާޑުވެ. އޭސީސީގެ ރިޕޯޓް ނެރުނު ދުވަހުގެ ރޭ އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ބައިވެރިވެވަޑައިގެން ވިދާޅުވެފައިވަނީ "ސުވާލަކީ ތިން އަހަރު ގާތްގަނޑަކަށް. ބަލައި ނިންމާފައި ފޮރުވާފައި ބޭއްވީ ކީއްވެގެންތޯ؟. މިއަދު ތޯ އެ އިއުލާން ކުރަންވީ؟" އަދި ވިދާޅުވީ އޭސީސީގެ ރިޕޯޓުގައި ހުރި ވަކިވަކި މީހުންގެ މައްސަލަތައް ބަލައި، ކުށްވެރިވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައި، އަދި ކުށްވެރި ނުވާ ފަރާތްތަކުގެ ކުށެއް ނެތް ކަމަށް ކަނޑައަޅައި ދިނުމަށް އޭސީސީ އަށް ގޮވައިލައްވާ ކަމަށެވެ.

"އެކަންކަން އެގޮތަށް ނުކޮށްފި ނަމަ، އިތުރު މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓިގެން ދާނެ " އޭސީސީގެ ރިޕޯޓްގެ ސަބަބުން މައްސަލަތަކެއްގެތެރެއަށް ގައުމު ވެށްޓިގެން ހިގައިދާނެކަމަށް ރައީސް އެވިދާޅުވަނީ ކީއްވެގެންތޯއެވެ. މަހްލޫފްގެ ނަން ނުވަތަ އަކްރަމްގެ ނަން އެރިޕޯޓްގައި އޮތުމަކީ މައްސަލައެއް ހެއްޔެވެ. އެބޭފުޅުންނަކީވެސް އެމްއެމްޕީއާރްސީގެ ވައްކަމުގައި ބައިވެރިވި ކުންފުނި އެސްއޯއެފްއާއި އެމުއްދަތުގެތެރޭގައި މުއާމަލާތްކުރެއްވި ބޭފުޅުންނެވެ.

މުއާމަލާތްކޮށްފައިވާނަމަ މުއާމަލާތްކޮށްފައިވާކަން ރިޕޯޓްގައި އޮންނަންވާނެނޫންތޯއެވެ. އެސްއޯއެފާއި މުއާމަލާތްކުރި އެންމެންނަކީ ކުށްވެރިންނަށް ނުވެދާނެއެވެ. މަހްލޫފް ނުވަތަ އަކްރަމް ނުވަތަ އަބްދުﷲ ޔާމީންވެސް ކުށްވެރި ނުވެދާނެއެވެ.

ޔޫތް މިނިސްޓަރ މަހްލޫފް ވަނީ އޭސީސީ ރިޕޯޓާއި ގުޅިގެން ގޭގައި މަޑުކުރަން އަންގާފައި

ބައެއް ބޭފުޅުން އެސްއޯއެފާއި ސައްހަގޮތުގައި މުއާމަލާތްކޮށްފައިވާކަމަށް އެބަވިދާޅުވެއެވެ. މުއާމަލާތްނުކުރާ މީހެއްގެ ނަން ރިޕޯޓްގައި އޮތްނަމަ އެމީހަކު ސާބިތުކޮށްދޭންވީއެވެ. ސަރުކާރުން ބޭނުންވަނީ ރިޕޯޓްގައި ހިމެނޭ ބައެއްކަންކަން ސިއްރުކުރަންކަން ރައީސްގެ ވާހަކަފުޅުން ދޭހަވެއެވެ. އެމްއެމްޕީއާރްސީގެ ވައްކަމުގެ މުއްދަތުގެތެރޭގައި އެސްއޯއެފާއި މުއާމަލާތްކުރި އެކަމަކު އޭސީސީން ކުށްވެރިންކަމަށް ކަނޑަނާޅާ މީހުންގެ ލިސްޓެއް ރައީސް ބޭނުންފުޅުވަނީތޯއެވެ. އެލިސްޓުގައި ވަކިބަޔަކު ހިމެނިގެންނުވާނެތޯއެވެ. އެހެންވެއްޖިއްޔާ އާބައްޓަމަކަށް ތަހްގީގުވެސް ފަރުމާކުރަންޖެހެއެވެ. އޭސީސީން ބަޑިބޭހާއި ކުޅެވިދާނެކަމަށް ބަލަންވެސްޖެހެއެވެ. ކޮންމެއަކަސް އޭސީސީގެ ރިޕޯޓް މިހާރު އޮތްގޮތަކީ ސަރުކާރަށް ޓޮލަރޭޓްކުރެވޭކަމަކަށްނުވެއެވެ. އެކަންދޭހަވަނީ ފުލުހުން ފެށި ތަހްގީގުންނެވެ.

އޭސީސީގެ ރިޕޯޓް ފުރިހަމަ ނުވަނީތަ؟

ސަރުކާރުގެ ވެރިންނާ ޚާއްސަށް އެމްޑީޕީގެ ލީޑަރ ޝިޕުން ބަލަނީ އޭސީސީގެ ރިޕޯޓްގައި އަސްލުވަގުކަމަށް އެމީހުންދެކޭ އަބްދުﷲ ޔާމީންއާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިންގެ ނަން ގަސްދުގައި އުނިކޮށްފައިވާކަމަށެވެ. މިހާރު ނޫހުގެ އެޑިޓަރ ވިދާޅުވާގޮތަށް ވައްކަން ކުރިޔަސްނުކުރިޔަސް ޔާމީން ބެދެންޖެހޭނެއެވެ. އެސްޓީއޯގެ 800 މިލިޔަންޑޮލަރުގެ މައްސަލަ އެމްޑީޕީގެ ސަރުކާރަށް ސާބިތު ނުކުރެވިދިޔަގޮތަށް މިފަހަރު ނިމުނަދީގެން ނުވާނެއެވެ.

އެކަމަކު ރައީސް ވިދާޅުވިޔަސް ކުށްވެރިވާ މީހުން އޭސީސީން ކަނޑައަޅާނީ ކިހިނެތްހެއްޔެވެ. ތިން އަހަރުވިޔަސް އޭސީސީގެ ތަހްގީގު ނުނިމެއެވެ. އެތަހްގީގު ނިމެންއޮތީ އަދި ވައްކަމުގެ އިތުރުފަރާތެއް ހޯދެން އޮންނާނީ ޔޫރަޕްގައި ދިރިއުޅެމުންދާ އެސްއޯއެފުގެ ވެރިން ދިވެހި ރާއްޖެގެނެސް އޭސީސީގެ ތަހްގީގުގައި ސުވާލުކުރެވިގެންނެވެ. ކުރީގެ ސަރުކާރާއި ޔޫރަޕްގެ ގައުމުތަކާއި ގުޅުން ރަނގަޅުނުވިޔަސް މިހާރުގެ ސަރުކާރުގެ މައިޕާޓީ އެމްޑީޕީއަކީ އިގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ ސިސްޓަރޕާޓީއެއްކަމަށް އެމްޑީޕީގެ ލީޑަރުން ވިދާޅުވާތީ ޔޫރަޕްގައި ދިރިއުޅެމުންދާ އެސްއޯއެފްގެ ވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަން ސަރުކާރަށް މާބޮޑުތަނުންވެސް ފަސޭހަވާނެއެވެ. ސަރުކާރުން ޒީރޯ ޓޮލަރެންސްގައި އެކަންކުރާކަމަށް އަދި ނުފެނެއެވެ.

ކޮންމެއަކަސް ފެނިގެންމިދަނީ، ބުނެވޭނީ އޭސީސީގެ ރިޕޯޓާއެކު ޒީރޯޓޮލަރެންސް 90 ޑިގްރީއަށް ޖެހުނުތަނެވެ. އޭސީސީގެރައީސަކީ މާތާހިރު މީހަކަށް ނުވެދާނެއެވެ. އެކަމަކު ރިޕޯޓްގައި ހުރިކަންކަމަށް އެޓެންޑްކުރުމުގެ ބަދަލުގައި ރިޕޯޓްނެރުނު މީހާ ކުށްވެރިވާތަނެވެ. ދެން ކޮރަޕްޝަން ހުއްޓުވާނީ ކިހިނެތްހެއްޔެވެ. އަޑުއިވޭގޮތުން އިންސާފު ހޯދުމުގެ މުޒާހަރާއެއް އެމްޑީޕީންދަނީ ރާވަމުންނެވެ. ދެން އޮތީ ފަނޑިޔާރު ގެއެވެ. އެހެންވީމާ ބުނެވެން އޮތީ ރައިވަރުގައި ބުނެދީފައިވާފަދައިން މަނީލޯންޑަރިންގެ މަޅިއަކަށް މެހެން ބޭނުން ނުވަންޏާ ބަލައިގެން އުޅޭށޭ ނޫން ދެން ކޮންވާހަކައެއްތޯއެވެ. ކުރިން ޖަސްޓިސް، ޖަސްޓިފައިކޮށްދެނީ ޓެރަރިޒަމުންނެވެ. މިހާރު މަނީ ލޯންޑަރިން އިންނެވެ. ކުރިންވެސް ބޭނުންކުރީ ހަމަ އެއްޓޫލެކެވެ. ފުލުހުންނެވެ. މިހާރުވެސް ހަމަ އެޓޫލެވެ. އެހެންވީމާ އެކިނަންނަމުގައި ހިންގިޔަސް މިއީ ކުޅޭ ހަމައެއްގޭމެކޭ ނުބުނެވޭނެތޯއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...