އެމްޑީޕީއަށް ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއަށް އިންޓަރނޭޝަނަލް ޑިމޮކްރަޓް ޔޫނިއަނުން ދޭ ޚާއްސަ އެވޯޑެއް ލިބިއްޖެއެވެ.
އެމެރިކާގެ ވޮޝިންގްޓަންގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި އެޕާޓީއަށް ދީފައިވަނީ ބުޝް ތެޗަރ ފްރީޑަމް އެވޯޑެވެ. މިއީ އެ އެވޯޑް ދެވުނު ފުރަތަމަ އަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
މި އެވޯޑާއި އެޕާޓީގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޛު އަނަސް އަބްދުއްސައްތާރެވެ.
އެމްޑީޕީން ބުނިގޮތުގައި މި އެވޯޑް ދީފައިވަނީ އެޕާޓީން ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަަކަށްޓަކައި ކުރާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.
ޖަރުމަނުވިލާތުގެ މިއުނިކްގައި ގާއިމްވެފައިވާ އައިޑީޔޫއަކީ 80އަށްވުރެ ގިނަ ސިޔާސީ ޕާޓީތައް ހިމެނޭ ޖަމާއަތެކެވެ.
މި ޖަމާއަތުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ކޮންޒަވޭޓިވް ކްރިސްޓިއަން ޑިމޮކްރަޓް، ސެންޓާ އަދި ސެންޓާ ރައިޓް ފިކުރާއި ގުޅޭ ޕާާޓީތަކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް