އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ހަމަލާދިނީ ކުރީގެ ފިރިމީހާ
ރޭގެ ވަގުތެއްގައި މާލޭގައި އަންހެނަކު ދުއްވާ ޓެކްސީއަށް އޭނާގެ ކުރީގެ ފިރިމީހާ ހަމަލާދީފިއެވެ.
އައިމިނަތު ވަހީދާ، ނުވަތަ އައިންތު ދުއްވާ މި ޓެކްސީއަށް ރޭގެ ވަގުތެއްގައި ހަމަލާދީފައިވަނީ ބޮޑުތަކުރުފާނު މަގު ރިންގްރޯޑް ސަރަހައްދުން، ދުވާ ޓްރެކާއި ކައިިރިން ދަނިކޮށެވެ.
އެ ކާރު ހުއްޓުވުމަށްފަހު، އޭނަގެ ކުރީގެ ފިރިމީހާ ވަނީ އައިންތުއާ ދިމާކޮށް، ކާރުގެ ބޮނެޓް ގަދަކަމުން ހުޅުވައި އިންޖީނަށް ވެސް ގެއްލުން ދީފައިކަމަށް މަންޒަރުދުށް ފަރާތްތަކުން ވަނީ ބުނެފައެވެ.
އައިންތު އަކީ 2017ވަނަ އަހަރުން ފެށިގެން މާލޭގައި ޓެކްސީ ކުރާ ފަރާތެކެވެ.
ފުލުހުން ދަނީ މި މައްސަލަ ގެވެށި އަނިޔާގެ މައްސަލައެއްގެ ގޮތުގައި ބަަލަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް