އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭ އަޒީޒާ މިސްކިތުގައި އީދު ނަމާދަށް، އިމާމަށް ގަޑިއަށް ނާދެވުމުން އޭނާއަށް ފިޔަވަޅު އަޅަން ނިންމައިފި އެވެ.
އިމާމު މީހާއަށް ގަޑިއަށް ނާދެވުމުން އެ މިސްކިތުގައި ނަމާދު ކުރަން ފެށީވެސް ނަމާދު ވަގުތު ޖެހި ހަތް ވަރަކަށް މިނެޓު ފަހުންނެވެ. އަދި މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުން އެ މިސްކިތުގައި އިމާމުވެ ޢީދު ނަމާދު ކުރީ ބިދޭސީ އެކެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ޝަހީމް ވިދާޅުވީ، ހުޅުމާލެ އަޒީޒާ މިސްކިތުގައި ޢީދު ނަމާދުކުރުމަށް އިމާމުކަން ޙަވާލުކޮށްފައިވާ ފަރާތާއި އޭނާގެ ބަދަލުގައި ޖައްސާފައިވާ ފަރާތާ މި ދެމީހުން ވެސް މިއަދު މިސްކިތަށް ހާޒިރުނުވާ ކަމަށެވެ.
އެހެންކަމުން، އުޞޫލުގެ ތެރެއިން އެ މައްސަލަ ބަލައި 5 އަހަރު ދުވަހަށް ރާއްޖޭގެ ހުރިހައި ރަށެއްގައި ޚުޠުބާ ކިއުމުން އެ އެިމާމު ސަސްޕެންޑްކުރަން އަންގަވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އިމާމުގެ ބަދަލު އިމާމު ގޮތުގައި ހަމަ ޖައްސާފައިވަނީ މިސްކިތުގައި ހުންނަ އަސްލު އިމާމުކަމަށެވެ.
އަދި، އެ އިމާމުވެސް މިނިސްޓްރީއަށް ނާންގައި ޖަމާޢަތަށް ހާޒިރުނުވާތީވެ އެމައްސަލަ ވެސް ވަކިން ބަލައި އުޞޫލުގެ ތެރެއިން އިމާމުކަމުގެ ވަޒީފާއިން ސަސްޕެންޑްކުރަން ކަމާބެހޭ ޔުނިޓަށް އަންގަވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް