ސަފާރީއެއްގައި އެއްޗެއް ގޮވައިފި
މީރު އައިލެންޑް ރިސޯޓު އެންޑް ސްޕާގެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އެއްޗެއް ގޮވައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުއެވެ. މި ހާދިސާގައި ދެ މީހަކަށް ވަނީ އަނިޔާވެފައެވެ.
މި ހާދިސާގައި އަނިޔާލިބިފައިވަނީ ދިވެއްސަކަށާއި ލަންކާ މީހަކަަށެވެ.
"ސާރާ 1" ސަފާރީގައި ގޮވީ ކޮންއެއްޗެއްކަން އަދި ސާފުވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ހާދިސާގައި ބޮޑަށް އަނިޔާވި ލަންކާ މީހާ މިހާރު ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ކުރަމުންދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް