ރައީސްކަމަށް ކުރިމަތިލައްވަފާނެކަމުގެ އިޝާރާތެއް ކާނަލް ނާޒިމް ދެއްވައިފި
ކުރިއަށް އޮތް މުސްތަގްބަލްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވަފާނެކަމުގެ އިޝާރާތެއް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކާނަލް ނާޒިމް މި މޭރުމުން ވާހަކަފުޅު ދެއްކެވީ އަވަސް ހުކުރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ވިދާޅުވީ ރައްޔިތުން ބަަލައިގަންނަ މީހެއްކަމުގެ އިހުސާސްކުރެވުމުން ވެރިކަމަށްވެސް ކުރިމަތިލައްވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމަކީ ވަކިބަަޔަކަށް ލިޔެވިފައިވާކަމެއް ނޫންކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
ނާާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމަށް ވަޑައިގަތުމަށް އަދި އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށާއި އެބޭފުޅާގެ ސިޔާސީ ހަޔާތުގައި އަދި ވަރަށް ދުވަސް އެބައޮތްކަމަށެެވެ.
"އަޅުގަނޑު މި ދަނީ ސިޔާސީ ގޮތުން އެންމެ މައްޗަށް ދެވޭތޯ، ވަރަށް ސާފު ވާހަކައެއް މިބުނީ، ކޮންމެ މީހަކު ވެސް މަސައްކަތް ކުރާނީ އެގޮތަށް، އެހެންވީމަ އެމީހަކު ކުރާ މަސައްކަތުގައި މާތްﷲ އެމީހަކަށް ކާމިޔާބު ދެއްވާނެ،" ނާޒިމް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް