ގެއަކުން ވަގަށް ނެގި 2 މިލިއަން ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލޭގެ ގެއަކުން ވަގަށްނެދި 2 މިލިއަން ރުފިޔާގެ އަގުބޮޑު ސާމާނުތަކެއް ފުލުހުން ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މިތަކެތި ވަގަށް ނަގާފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭގެ ގަލޮޅުގައި ހުންނަ ގެއަކުންނެވެ. ވަގަށްނެތި ތަކެތީގެ ތެރޭގައި ކެމެރާ، ލެޕްޓޮޕް، ފޯނުގެ އިތުރުންވެސް ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތައް ހިމެނެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ޑޮލަރާއި، ޕައުްނޑުގެ އިތުރުންވެސް އެކި ގައުމުތަކަށް ނިސްބަތްވާ ފައިސާ ހިމެނެއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، މިތަކެތި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާއެކު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުންކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް