ބައި އިލެކްޝަންގައި ވާދަކުރާނެ ކަމަށް ސިނާން އިއުލާނު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާނެ ކަމަށް އެ ގޮނޑި ކުރީން ފުރުއްވި ސ. ހިތަދޫ, ހުޅުދޫއާގެ މުހައްމަދު ސިނާން އިއުލާނު ކޮށްފި އެވެ.
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އެ ދާއިރާގެ ޕްރައިމަރީ ބާއްވަން ވަނީ ނިންމާފަ އެވެ. ސިނާން މިރޭ ވިދާޅުވީ އޭނާ ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރާނެ ކަމަށެވެ. މެންބަރުންގެ ތާއީދަށް ވެސް އެދިފައިވެ އެވެ.
ސިނާންގެ ގޮނޑި ގެއްލުނީ ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވުމުންނެވެ. އެ ގޮނޑިއަށް އެމްޑީޕީން ވެސް ވާދަ ކުރާނެ އެވެ. އެ ޕާޓީން ނެރޭނެ ކަމަށް ބެލެވެނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު ސޯދިގް (ސޯބެ) އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް